ބ. އޭދަފުށީގައި މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާއަކީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ނިންމައިފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ހެނދުނު އުމުރުން 85 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑުގައި މަރުވެފައިވާ ކަމަށެވެ. އެ މީހާއަކީ މަރުވެފައި ވަނީ އަތޮޅު ހޮސްޕިޓަލަށް ގެނައިފަހުން ހެނދުނު 8:30 ހާއިރު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އޭދަފުށީ ކައުންސިލުން ބުނީ އެ މީހާ މަރުވެފައި ވާއިރު އެ ގޭގައި ކޮވިޑަށް ޕޮޒިޓިވް މީހަކު ކަރަންޓީންގައި ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ފެތުރި އޭދަފުށި މޮނިޓަރިންއަށް ލާފައި ވާއިރު އެ ރަށުގައި 29ގެ ކަރަންޓީން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭދަފުށިން މީހަކު މަރުވި ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އެއީ ކޮވިޑް މަރެއް ކަމެއް އެޗްޕީއޭއިން އަދި ހާމަކޮށްފައެެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ފަހުން މަރުވި މީހުންގެ އަދަދު 86 އަށް އަރާފައި ވާއިރު، މިމަހު 7 ވަނަ ދުވަހު ކޮވިޑުގައި ތިން މީހަކު މަރުވެފައިވާއިރު މިމަހު 6 ވަނަ ދުވަހު 7 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.