ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި 3 މީހުންނަށް 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝިދު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ފުލުހުން ބުނީ މި ހަމަލާ ދިނުމުގައި އަދި އިތުރު ބަޔަކު ޝަމިލް ވާ ކަަމށް ބެލެވޭ ކަމަށެވެ.

މި މައްސަލައިގައި އެންމެ ފުތަމަ ހައްޔަރު ކުރީ ދެމީހުންނެވެ. އެ ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. އެއަށް ފަހު މިއަދު ފަތުހު ވަނީ މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އިސްކޮށް މަސައްކަތް ކުރި މީހާ ހައްޔަރު ކޮށްފައެވެ. އެއީ ވ. ތިނަދޫ އަށް އުފަން އުމުރުން 25 އަހުމަދު އަދުހަމް އެވެ.

އެގޮތުން މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓްރަރިސްޓް ހަމަލާ މިހާރު ފުލުހުން ތަހުގީގގު ކުރަމުންދާ އިރު މިއަދު ވަނީ މެއިން ސަސްޕެކްޓް ކަމަށް ވާ އަދުހަމް ކުށުގެ ވެށީގައި ހުއްނަތަން ދައްކުވައިދޭ ވީޑިއޯއެއް އާންމު ކޮށްފައެވެ.

ފުލުހުން އަދިވެސް ދަނީ މި މައްސަލަ ތަހުގީގު ކޮށް މި ހަމަލާ ދިނުމުގެ އަޑިގައި ތިބި މީހުން ހޯދަން މަސައްކަތް ކުރަމުންނެވެ.