ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދުގެ ޖަލްސާގައި ޝިފްލާ އައްޔަން ކުރުމަށް ރުހުން ދިނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

ބްރޮޑްކޮމަށް ކުރިމަތިލި މެންބަރުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތީ އދ. މާމިގިލި/ ޖަވާހިރު އައްސޭރި، ޑރ. މުހައްމަދު އިބްރާހިމެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ތިން މީހުން ވެސް އިންޓަވިއު ކުރުމަށް ފަހު ކޮމިޓީން ފާސްވެ ތަޅުމަށް ފޮނުވާފައި ވަނީ ޝިފްލާގެ ނަން އެކަނިއެވެ.

ބްރޮޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެކޮމިޝަންގައި މިވަގުތު ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު މުހައްމަދު ފަޒީން އާއި، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު އަލީ ޔޫސުފް އަދި މެންބަރު އާމިނަތު އަމީނާއެވެ.