ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި އިތުރު 328 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 167 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 10 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 127 މީހަކާއި އިންޑަސްޓްރިއަލް ޕޮޒިޓިވް ވި 24 މީހެކެވެ.

މިއަދު ޕޮޒިޓިވްވި ޖުމްލަ އަދަދު 328 އިން މަތީގައި ހުރިއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ 126 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 28،202 އަށް އަރާފައި ވާއިރު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 3701 އަށް އަރާގައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 24،421 އަށް އަރާފައި ވާއިރު ކޮވިޑްގައި މަރުގެ މީހުންގެ ޖުމްލަ އަދަދު ވަނީ 71 އަަށް އަރާފައެވެ.

ރޯދަ މަހު ލުއިތައް ދިނުމާއެކު މާލެ ސަރަަހއްދުގައި ގިނަ ބަޔަކު ހަވީރު ފިންޏަށް ބުރު ޖަހަން ނުކުމެ އުޅޭ އިރު މަޑި އެރުވުމަށް ކުޑަކުދިން ގޮވައިގެން ދަރުބާރުގެ ބިއްދޮށޫގައިވާ ހުސްބިމަށް ގިނަ ބަޔަކު ގިސް އުޅޭ ތަން ފެނެއެވެ. އަދި ރެސްޓޯރަންޓްތަކުގައި ރޯދަ ވީއްލުމަށް ބުކިން ހަދައިގެން ދާ މީހުން ވެސް އަންނަނީ މި ދަނޑިވަޅުގައި އިތުރު ވަމުންނެވެ.