މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)އާއި އެކު ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ފެބްރުވަރީ 13، 2021 ދުވަހު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި މއ. ވީމާގޭގައާ، ގ. ރިހިއަވިގޭގައާ، މައްސަލާގައި ދައުވާލިބޭ މީހުންނާ ގުޅުންހުރި ތަންތަނުގައި އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުޙުމަތުކުރެވުނު މައްސަލާގައި ދައުވާތައް ކުރުމަށް މި މަހުގެ 22 ވަނަ ދުވަހު ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫން (30) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމް (26) އާއި ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (26) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު (23) އަދި ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ޙަސަން (23) އެވެ.

އެގޮތުން ޕެސްޓުގެ މައްޗަށް ފަސް ދައުވާ އެއް ކުރާއިރު އެއީ:

  1. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 138 ވަނަ މާއްދާގެ (ބ) އާއި އެ ގާނޫނުގެ 146 ވަނަ މާއްދާއާއި، އެ ގާނޫނުގެ 160 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ދަށުންނާއި، އެ ގާނޫނުގެ 158 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  2. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 136 ވަނަ މާއްދާގެ (ބ) އާއި 160 ވަނަ މާއްދާއާ ހަވާލާދީ، 105 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި، 158 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  3. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 111 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) އާއި 160 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 111 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި، 158 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ.
  4. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ.
  5. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 129 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ ގާނޫނުގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ.

މުހައްމަދު ސުއައިދުގެ މައްޗަށް ހަތަރު ދައުވާއެއް، އެއީ:

  1. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 138 ވަނަ މާއްދާގެ (ބ) އާއި އެ ގާނޫނުގެ 146 ވަނަ މާއްދާއާއި، އެ ގާނޫނުގެ 160 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ދަށުންނާއި، އެ ގާނޫނުގެ 158 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  2. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ބ) އާއި 160 ވަނަ މާއްދާއާ ހަވާލާދީ، 105 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި، 158 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  3. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 111 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 140 ވަނަ މާއްދާގެ (ށ) އާއި 160 ވަނަ މާއްދާއާ ހަވާލާދީ، އެ ޤާނޫނުގެ 111 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި، 158 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ.
  4. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 129 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ ގާނޫނުގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ.

މި މައްސަލާގައި ހިމެނޭ އާއިޝަތު ހަސްނާ ނާހިދުގެ މައްޗަށް ކުރަނީ އެއް ދައުވާއެވެ. އެއީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 110 ވަނަ މާއްދާގެ (ހ) އާ، އެ ގާނޫނުގެ 146 ވަނަ މާއްދާއާއި، އެ ގާނޫނުގެ 139 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ގާނޫނުގެ 110 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކެނެބިހުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާއެވެ.

އަހުމަދު ހުސާމްގެ މައްޗަށް ދެ ދައުވާއެއް ކުރާއިރު އެއީ:

  1. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 138 ވަނަ މާއްދާގެ (ބ) އާއި އެ ގާނޫނުގެ 146 ވަނަ މާއްދާއާއި، އެ ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، 108 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.
  2. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ.

އެމައްސަލާގައި ހިމެނޭ ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫންގެ މައްޗަށް ކުރަނީ އެއް ދައުވާއެވެ. އެއީ

  1. ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 129 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ގާނޫނުގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ހޯދާފައެވެ.