މާލެއަށް އުފަން އުމުރުން 19 އަހަރުގެ މަރިޔަމް އިޝާ މުންތާޒަކީ ކުޑައިރުންސުރެ ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އިޝާ ބުނާގޮތުގައި އޭނާއަށް ކުރަހަން ދަސްކޮށްދިނީ އޭނާގެ ބައްޕައެވެ. ތަފާތު އެކި ވައްތަރު ވައްތަރުގެ ކުރެހުންތައް އޭނާ ކުރަހާއިރު އޭގެ ތެރެއިން އިޝާއަށް އެންމެ ކަމުދަނީ އަރަބިކް ކެލިގްރަފީ ކަމަށް އޭނާ ބުނެއެވެ.

އިޝާ ކުރަހާފައިވާ އަރަބިކް ކެލިގްރަފީ

އިޝާ ބުނާގޮތުގައި އޭނާ ކެލިގްރަފީ އެންމެ ކުރަހާ ހިތްވަނީ އޭގެ ސަބަބުން އޭނާއަށް ހިތްހަމަޖެހުން ލިބޭތީއެވެ.

އިޝާ ބުނީ އޭނާގެ މަސައްކަތްތައް އެންމެނަށް ވެސް ވަރަށް ކަމުދާ ކަމަށެވެ. އަދި އެންމެނަށްވެސް ކުރެހުމުގެ އެކިއުރިސީ އަދި އަކުރުތައް ލިޔާ ގޮތް ވަރަށް ކަމުދާ ކަމަށް އިޝާ ބުނެއެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަރަށް ހިތްވަރު ލިބޭ ކަމަށް އިޝާ ބުނެއެވެ.

އިޝާ ކުރަހާފައިވާ އަރަބިކް ކެލިގްރަފީ

އިޝާ ކެލިގްރްފީއަށް ޝައުގުވެރިކަން އުފެދުގޮތް މިވަނީ ކިޔާދީފައެވެ. އިޝާ ބުނީ އޭނާއަކީ ވަރަށް އެއްޗެހި އެއްކުރާ ކުއްޖެއް ކަމަށެވެ. އެގޮތުން އެއްފަހަރަކު ރިސައިކަލް ކޮށްފައިއޮތް ކޭސް ބޯޑެއްގައި އޭނާގެ އާޓް ވޯކް ހަދަން ހިތައް އެރީ ކަމަށް އޭނާ ބުންޏެވެ.

އިޝާ ކުރަހާފައިވާ އަރަބިކް ކެލިގްރަފީ

ފުރަތަމަ މަސައްކަތް ގިނަ މީހުންނަށް ކަމުދިޔައިރު އޭނާ މިހާރު އަންނަނީ އޯޑަރުތަކަށް ކެލިގްރަފީ ހަދައިދެމުންނެވެ. އިޝާ ބުނިގޮތުގައި އޭނާގެ މަސައްކަތް ގިނަ ބަޔަކު ބަލައިގަނެފައިވާ ކަމަށާއި އޭނާގެ އެ ކުޑަ ބިޒްނަސް ވަރަށް ސަޅި ކަމަށެވެ.

އިޝާގެ އާޓް ބިޒްނަޒްއަށް މިމަހު 14 ވަނަ ދުވަހު އަހަރެއް ފުރުނުއިރު އޭނާއަށް މިހާތަނަށް ގާތްގަނޑަށް 100 އޯޑާ ލިބުން ކަމަށް އިޝާ ބުނެއެވެ.

އިޝާ ބުނާގޮތުގައި އެ ބިޒްނަސްއަށް އޭނާއަށް އެންމެ އެހީތެރިކަން ލިބެނީ އޭނާގެ ލޯބިވެރިޔާގެ ފަރާތުން ކަމަށެވެ.

އިޝާ ކުރަހާފައިވާ އަރަބިކް ކެލިގްރަފީ

މިހާތަނަށް ކުރެހުމުގެ އެއްވެސް މުބާރާތެއްގައި އިޝާ ބައިވެރިއެއް ނުވެއެވެ. އެހެން ނަމަވެސް މުބާރާތެއްގައި ބައިވެރިވާނެ ކޮންފިޑެންސް ލިބުމުން ކުރެހުމުގެ މުބާރާތްތަކުގައި ބައިވެރިވާން ފަސް ނުޖެހޭނެ ކަމަށް އޭނާ ބުނެއެވެ.

އިޝާގެ ޤަބޫލުކުރާ ގޮތުގައި އޭނާގެ މަސައްކަތްތަކުގެ ތެރެއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކެލިގްރަފީގެ ބޮޑު ކުރެހުމެއް ކުރެހުން ކަމަށެވެ. އެއީ އެކުރެހުމަކީ އެންމެ ބޮޑު ކެލިގްރަފީ އާޓް ވޯކް ކަމަށް އިޝާ ބުނެއެވެ.

އިޝާ ކުރަހާފައިވާ ކެލިގްރްފީ ކުރެހުން

މިހާތަނަށް ކުރެހި އެއްޗެހި ތަކުގެ ތެރެއިން އިޝާ އެންމެ ހިތަހަޖެހެނީ، 2A ސައިޒްގެ ކާޓް ބޯޑެއްގައި ކުރެހި ފޯރަލް ކުރެހުމެއް ކަމަށް އޭނާ ބުނެއެވެ. އިޝާ ބުނިގޮތުގައި އެކުރެހުން ނިންމުމަށް އޭނާއަށް މަހެއް ނޫނީ ދެ މަސް ނެގިއެވެ.

އިޝާ ކުރަހާފައިވާ ފްލޮރަލް ކުރެހުން

އިޝާ ބުނާގޮތުގައި އާންމުކޮށް ކުރެހުމެއް ފުރިހަމަ ކުރަން ވަރަށް ގިނަ އިރު ނަގައެވެ. ސަބަބެއްގައި ގޮތުގައި އޭނާ ބުނީ އެއީ އެކި ދުވަހަށް ބަހާލައިގެން ކުރެހުން ފުރިހަމަ ކުރާތީ ކަމަށެވެ.

ކޮންމެ މީހަކު ދެކެން ބޭނުންވާ ދުވަހެއް އޮންނާނެ ކަން ޔަގީނެއެވެ. އިޝާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ އަމިއްލަ އާޓް، ބޮޑު މިސްކިތެއްގައި އަޅުވާލާފަ ބެހެއްޓުން ކަމަށް އޭނާ ބުނެއެވެ.

އިޝާ ކުރަހާފައިވާ އަރަބިކް ކެލިގްރަފީ

ކުރަހަން ބޭނުންވާ ކުއްޖަކަށް އިޝާ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. އިޝާ ބުނަނީ ކުރަހަން ބޭނުންވާ ކުއްޖަކު ދުވަހަކު ވެސް ހިތްވަރާއި އަޒުމު ދޫކޮށް ނުލުމަށެވެ.

އިޝާ ކުރަހާފައިވާ އަރަބިކް ކެލިގްރަފީ

ކުރެހުމުގެ އިތުރުން އިޝާ އަކީ ކޭކު އެޅުމާ، ކޭކު މޭޒު ޒީނަތްތެރިކުރަން ވެސް އެހާމެ މޮޅު ކުއްޖެކެވެ. އޭނާ ވަނީ އެކަމާ ގުޅޭ ކޯހެއް ވެސް ހަދާފައެވެ. އަދި މިހާރު އިޝާ ވަނީ ކޭކު އަޅާ، ޑިޒައިންކޮށް، ކޭކު މޭޒު ޒީނަތްތެރިކުރުމަށް ކުޑަ ބިޒްނަސް އެއް ވެސް ފަށާފައެވެ.

އިޝާ ޑިޒައިންކޮށްފައިވާ ކޭސް މޭޒެއް
ބޭކިން ސްޓާޓް ކުރީ ކޯހަކުން، ވަރަށް ފަހުން ފެށި ބިޒްނަސް އެއް މިއީ، ކޯސް ހަދާފަ ވަރަށް ކޮންފިޓެންޓް ލިބުން، މިކަން ކުރެވޭނެ ހިތައް އެރި. އެންމެނަށް ވެސް ވަރަށް ކަމުދޭ މި މަސައްކަތް، މި ބިޒްނަސް ވެސް ކުރިއަށްދަނީ،
އިޝާ
އިޝާ ޑިޒައިންކޮށްފައިވާ ކޭސް މޭޒެއް

އިޝާ ޝުކުރު އަދާކޮށްލަން ބޭނުންވަނީ އޭނާގެ މަންމަ އާއި ބައްޕަ އާއި ލޯބިވެރިޔާގެ އިތުރުން އާއިލާ އަދި ރަހުމަތްތެރިންނަށެވެ.