މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވިލިމާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ކައިރިން މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ ވިލިމާލެ މުހްޔިއްދީން ސުކޫލުގައި ވޯޓުލުން ކުރިއަށް ދަނިކޮށް ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ކުރުމުން މަސްލަހަތަށްޓަކައި އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީދު 4:20 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެފަދަ ހާދިސާއެއް ހިނގާފައި ވާއިރު މިއަދުގެ ކައުންސިލް ވޯޓު ލުމުގައި އިތުރު އެހެން ވޯޓު ފޮއްޓެއް ކައިރީ ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.