އިނގިރޭސި ރާނީގެ ފިރިކަލުން، ޕްރިންސް ފިލީޕް އަވަހާރަވެއްޖެ ކަމަށް، ބަކިންގްހަމް ޕެލަސްއިން އިއުލާން ކޮށްފިއެވެ.

ޕްރިން ފިލީޕް އެލިޒަބަތު 2 ވަނައާ ކައިވެނިބައްލަވާގަތީ 1947 ވަނަ އަހަރުއެވެ. އެއީ އިނގިރޭސި ރާނީ ކަމުގެ މަގާމަށް އެލިޒަބަތު 2 ވަނަ، އިސްކުރެވުމުގެ 5 އަހަރު ކުރިންނެވެ.

ޕްރިންސް ފިލީޕްއަކީ އިނގިރޭސި ތާރީހުގައިވެސް، ޝާހީ އެންމެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅަކާ ކައިވެނި ބައްލަވައިގެން އެންމެ ދިގު މުއްދަތެއް ހޭދަ ކުރެއްވި އަމީރެވެ.

ޕްރިންސް ފިލީޕްއާއި ރާނީ އެލިޒަބަތު 2 ވަނައަށް، 4 ދަރިކަލުން ލިބިވަޑައިގަތެވެ. ޕްރިންސް ފިލީޕްއަށް ކާފަ ވިދާޅުވާ، 8 ބޭފުޅަކާ، މުނިކާފަ ވިދާޅުވާ 10 ބޭފުޅަކުވެސް ލިބިވަޑައިގަތެވެ.

ޕްރިންސް ފިލީޕް އަވަހާރަވީއިރު އުމުރުފުޅަކީ 99 އަހަރެވެ. ރާނީގެ އުމުރުފުޅަކީ 94 އަހަރެވެ.

މި ފަހަކަށް އައިސް ޕްރިންސް ފިލީޕް އާލާސްކަންފުޅާ އުޅުއްވާ ހަބަރުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން ދާދި ފަހުންވެސް ޕްރިންސް ފިލީޕަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ޕްރިންސް ފިލީޕްގެ ޖަނާޒާގެ ކަންކަން، އިނގިރޭސި ޝާހީ ގަނޑުވަރުން އަދި ތަފްސީލުކޮށް ހާމަ ކޮށްފައެއް ނުވެއެވެ.