ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން 3 ތަނެއްގައި ޓެންޓް ޖަހާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، އެ މަރުކަޒުތައް ހުންނާނީ މިފްކޯ ކުރިމަތީ އޮންނަ ޔޫތު މިނިސްޓްރީގެ ހުސްބިމުގައި 30 މަރުކަޒާއި ކުރީގެ ދަރުމަވަންތަ ސުކޫލް ގޯތި ތެރޭގައި 5 މަރުކަޒާއި އަދި ކާނިވާ ސްޓޭޖް ކުރިމަތީގައި 5 މަރުކަޒު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހެވެ.

އެ ދުވަހު ނިޔަލަށް 18 އަހަރު ފުރިގެން ވޯޓުލުމުގެ ހައްގު 5134 މީހުންނަށް ލިބިފައި ވާއިރު، އެ އިންތިހާބުގައި ޖުމްލަ 273128 މީހުންނަށް ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައެވެ.