ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ޖަނަވާރުންނަށް ވެކްސިން ޖެހުމަށް ހާއްސަކޮށްގެން، ރަޝިއާއިން ވެކްސިނެއް ރަޖިސްޓްރީ ކޮށްފިއެވެ.

މިއީ ކޮވިޑް-19އާ ދެކޮޅަށް ޖަނަވާރުންނަށް ހާއްސަ ވެކްސިނެއް ރަޖިސްޓްރީ ކުރި ފުރަތަމަ ފަހަރު ކަމަށް ހަބަރު ލިބެއެވެ.

ރަޝިއާއިން ބުނާ ގޮތުގައި މި ވެކްސިނަކީ، ކުއްތާ، ބުޅާ، ހިޔަޅު އަދި މިންކް ފަދަ ޖަނަވާރުތަކުގައި، ކޮވިޑް-19އާ ދެކޮޅަށް، އެންޓިބޮޑީޒް އުފައްދާ ވެކްސިނެއްކަން، ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

ރަޝިއާގެ ރެގިއުލޭޓަރު ރޯޒެލްހޮޒްނަދުޒޯރް އިން ހަބަރު ދޭ ގޮތުގައި، "ކާނިވެކް-ކޮވް" ގެ ނަން ދީފައި ވާ މި ވެކްސިން، ފުޅާ ދާއިރާއެއްގައި އުފެއްދުމުގެ މަސައްކަތް، މި އޭޕްރިލް މަހު ފެށޭވަރު ވާނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އިންސާނުންނާ ޖަނަވާރުންނާ ދެމެދު ކޮވިޑް-19 ޖައްސާ ވައިރަސް ބަދަލު ވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރަޝިއާގެ ރެގިއުލޭޓަރުން ބުނީ، މި ވެކްސިނާއެކު، ނާޒުކު މަހްލޫގުތައް ހިމާޔަތް ކުރެވުމުގެ އިތުރުން، ވައިރަސް މިއުޓޭޓް ވުން ނުވަތަ ބަދަލު ވުން ހުއްޓުވާލެވޭނެ ކަމަށެވެ.

އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރުމަށް ރަޝިއާއިން އެންމެ ފުރަތަމަ ތަރައްގީ ކުރި "ސްޕަޓްނިކް-5"ގެ ވެކްސިންގެ ފަހަތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެލެކްޒެންޑާ ގިންޓްސްބާގް ވަނީ، ކޮވިޑް-19 ދެން ފެތުރޭނީ ޖަނަވާރުންގެ މެދުގައި ކަމަށް އިންޒާރު ކުރައްވާފައެވެ.