މޫދަށް ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ސިފައިން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ ކަނޑުގެ އަޑީގައި އޮއްވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތް ފުން މިން އަދި ސާފުވާ ގޮތް ނުވި ނަމަވެސް އެމްއެންޑީއެފުން ބުނީ ހަށިގަނޑު ފެނުނީ މިރޭ 9 ޖަހަން އުޅެނިކޮށް ކަމަށާއި، މިހާރު ހަށިގަނޑު ކައްދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާ ކަށެވެ.

މިހާތަނަށް ލިބުނު މައުލޫމާތު ތަކުން، ގެއްލިގެން ހޯދަމުން ދިޔަ ލާންސް ކޯޕަރަލް ހުސައިން ފާރިޝް ވަނީ މަރުވެފައެވެ.

މަރުވި ފާރިޝްއާއި އިތުރު 3 މީހުން މޫދަށް ދިޔައީ މިއަދު އެމީހުންގެ ޑިއުޓީ ނިންމާފައެވެ. އެމްއެންޑީއެފުން ބުނީ އެ 4 މީހުން ދިޔައީ ސްނޯކްލިން އަށް މަސް ހިފަން ކަމަށާއި، ފާރިޝް އަޑިއަށް ދިޔައީ އޮއެގަނޑެއްގައި ޖެހިފައި ކަމަށެވެ.

އެ ހާދިސާފައި ފާރިޝް ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި އޭގެ ތެރެއިން އެކަކު ގެނބުނު ކަމަށާއި ނަމަވެސް އެމީހާ ސަލާމަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ބާކީ ތިބި 2 މީހުންގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.