ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅީގައި މުދާ އުފުލާ ބޯޓެއް ތާށިވެ، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ހުރަސް އެޅުނުއިރު، ކުރިން ހީކުރެވެމުން އައި ގޮތާ ހިލާފަށް، ތެލުގެ އަގުތަށް ދަށަށް ހިނގައްޖެއެވެ.

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތައް މިއަދު ހުރި ގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނީގެ ތެޔޮ ފީފާއަކުން 18 ސެންޓް ނުވަތަ 0.3 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ، 64.39 ޑޮލަރަށް ވެއްޓިފައެވެ. އެމެރިކާގެ ތެލުގެ އަގަށް ބަލާއިރު 22 ސެންޓް ނުވަތަ 0.4 ޕަސެންޓް ދަށަށް ގޮސް، ތެޔޮ ފީފާއެއްގެ އަގު ވަނީ 60.75 ފީފާއަށް ވެއްޓިފައެވެ.

ތެލުގެ އަގުތަށް ދަށަށް ގޮސްފައި މިވަނީ، ދުނިޔޭގެ ނިސްބަތުންވެސް މުދާ އުފުލާ އެންމެ ބޮޑެތި ބޯޓުފަހަރުގެ ތެރޭގައި ހިމެނޭ "އެވާގްރީން" ބޯޓު، ސުއެޒް ކެނަލްގައި ތާށިވުމާ ގުޅިގެން، ތެލުގެ އަގުތައް އެގޮތް މިގޮތަށް ބަދަލުވި ހަފުތާއެއްހާ ދުވަހަށް ފަހުގައެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ 10 ޕަސެންޓް ދަތުރު ކުރަނީ ސުއެޒް ކެނަލް ސަރަހައްދުން ކަމަށް ވާއިރު، މި ސަރަހައްދުގެ ދަތުރުތައް ހުއްޓިފައި އޮތުމުން، އެކަމުގެ އަސަރު، ތެލާއި ހަކަތައިގެ އަގުތަކަށް ކުރާނެ ކަމަށް މުރާސިލުން ވަނީ ބުނެފައެވެ.