ކ. ހުރާއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހުރާއިން މާލެ އަށް ބަދަލުކުރަން އުޅުނު ބަލި މީހަކުގެ ނެގި ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ހުރާ ކައުންސިލްގެ ނައިބް ރައީސް ފަޔާޟު އިބްރާހިމް ވިދާޅުވީ އެ މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައި ނުވާ ކަމަށާއި ނަމަވެސް އެ ރަށުން 3 ގެ އެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

އަދި ޕޮޒިޓިވްވީ އެންމެ މީހަކު، ކައުންސިލްގެ ރައިސްއާ އޭނަޔާ ޑައިރެކްޓް ކޮންޓެކްޓެއް ވެފަ އިނީ، އެކަމަކު އޭނަ ކަރަންޓީން ވާކަށް ނުޖެހޭ، އޭނާ ބުނަނީ މިނިސްޓްރީން އޭނައަށް އިނދޭ ހާއްސަ ހުއްދަ ލިބިފަ
ހުރާ ކައުންސިލް ނައިބް ރައީސް

ކޮވިޑް ބަލިމަޑުކަން ރަށުގައި ފެތުރެމުން އަންނަ އިރު މިހާރު މޮނިޓަރިންގެ ހާލަތަށް 8 ރަށެއް ވަނީ ލާފައެވެ. އެއީ ކ. ހުރާގެ އިތުރުން ނ. ޅޮހި، ރ. އުނގޫފާރު، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، އަދި ދ. މީދޫއެވެ.