އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަނެއްކާވެސް ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މުޒާހަރާ ކޮށްފައި ވާތީ އެ ޕާޓީއަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތުގައި ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް ނިންމުމަށް ފަހު ކަމަށެވެ.

އެހެންކަމުން އެ ޕީޓީން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެފައި ވާތީ 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޖޫރިމަނާ ކޮށްފައި ވާއިރު މީގެ ކުރިންވެސް އެ ޕާޓީން މާލޭގައި ބޭއްވި ސައިކަލު ބުރަކާ ގުޅިގެންވެސް އެ ޕާޓީ 75،000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. ޕީޕީއެމްގެ އިތުރުން އެޗްޕީއޭގެ މިންގަނޑާ ހިލާފުވުމުން އެމްޑީޕީވެސް ޖޫރިމަނާ ކުރިއެވެ.

އެގޮތުން އެމްޑީޕީ ޖޫރިމަނާ ކޮށްފައި ވަނީ 5000 ރުފިޔާ އިންނެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާކުރީ މުޒާހަރާކުރުމުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކާއި ތަކުރާރުކޮށް، ހިލާފުވެފައި ވާތީ ކޮންމެ ޕާޓީއެއް 25000 ރުފިޔާ އިންނެވެ.