މިއަދު 153 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 132 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 2 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 13 މީހަކާއި ހަދަމުންދާ ރަށަކުން ޕޮޒިޓިވް ވި 3 މީހަކާއި ރާއްޖޭން ބޭރުގައި އުޅޭ 3 ދިވެހިން ކަމަށެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓު:
މިއަދު ޕޮޒިޓިވްވި އަދަދު: 153
ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 126
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 21،819
ކޮވިޑް އެކްޓިވް ކޭސް: 2406
ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 19،342
ކޮވިޑް މަރުގެ ޖުމްލަ އަދަދު: 64
ކޮވިޑް ބަލީގައި މިހާތަނަށް 64 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ދެ މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
ވޭތިވެ ތިން މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު ފެށުން ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ މަތިވެފައެވެ.
އެގޮތުން ޖެނުއަރީ މަހު މި ބަލީގައި 4 މީހަކު މަރުވެފައިވާ އިރު އެ މަހު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2084 އެވެ. ފެބްރުއަރީ މަހަށް އައި އިރު އެ އަދަުތައް ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ މަހު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުގެ އަދަދު ވަނީ 3952 އަށް އަރާފައެވެ. މި މަހު މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2026 އަށް އަރާފައެވެ.