އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ އެ ތިން ސިޔާސީ ޕާޓީ ޖޫރިމަނާކޮށްފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެފައިވާތީ ކަމަށެވެ.

އެގޮތުން އެމްޑީޕީ ޖޫރިމަނާ ކޮށްފައި ވަނީ 5000 ރުފިޔާ އިންނެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާކުރީ މުޒާހަރާކުރުމުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކާއި ތަކުރާރުކޮށް، ހިލާފުވެފައިވާތީ ކޮންމެ ޕާޓީއެއް 25000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެއިން ފެންނަ ނިސްބަތް އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނައިން މީހުން އެއްވެ ނޫޅުމަށާއި ހަފްލާތަކާއި، ޕާޓީތައް ނުބޭއްވުމަށް ވެސް އެޗްޕީއޭ އިން އަންގާފައެވެ.

އެގޮޮތުން ފުލުހުން މީގެކުރިން ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ޕާޓީތައް ބޭއްވި ދެ ރެސްޓޯރެންޓެއް 5000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.