ރަސްމީ ދަތުރުފެޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގަތަރާއި ބަންގްލަދޭޝަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ވަޑައިގަންނަވާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެ ދަތުރުފުޅަކީ ގަތަރާއި ރާއްޖެއާ ދެމެދު އަލުން ގުޅުން ގާއިމު ކުރުމާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި މި މަހުގެ 17 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރައީސް ބަންގްލަދޭޝް އަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ދެ ދަތުރުފުޅަކީ އަހެއްރާ ދުވަސް ފަހުން ރާއްޖެއިން ބޭރަށް ރައީސް ސޯލިހް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.