ރާއްޖޭގައި ހާއްސަކޮށް މާލޭގައި ކޮވިޑް ކޭސްތައް އިތުރު ވެފައިވާތީ މިސްކިތުގައި ނަމާދުގެ ޖަމާއަތް ހެދުން ހުއްޓާލުމާމެދު ދީނީ އިލްމުވެރިންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އާއި ހިޔާލު ތަފާތު ވެއްޖެއެވެ.
އެކަމާ ގުޅިގެން ޝެއިހް ޒައިދު ވިދާޅުވީ ޖަމާއަތުގައި ކުރާ ނަމާދަކީ މުސްލިމުންގެ އެންމެ މުގައްދަސް އަޅުކަން ކަމަށާއި އެކަން އެހެން އޮތްއިރު އެވަރުގެ ބޮޑުކަމެއް ހުއްޓާލަން ވާނީ، މުޖުތަމައުގެ ހުރިހާ ދިމާލަކުން އެއްހަމަޔަކުން އެއް ތަރާދަކުން ވަރުގަދަ ފިޔަވަޅުތައް އެޅޭނަމަ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަންވާނީ އެނޫން އެއްވެސް ގޮތެއްނެތިގެން ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ ރައްކާތެރި ކަމާއެކު މުހިންމު އެހެން ކަންކަންވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ޖަމާއަތުގެ ނަމާދަކީ މާސްކު އަޅައިގެން މީހަކާ ވާހަކަ ނުދައްކާ ކުރިއަށްދާ ކުޑަކުޑަ ވަގުތުކޮޅެއް ކަމަށާ މުޖްތަމައުގައި ކަންކަން ހުރި ގޮތަށް ބަލާއިރު ޖަމާއަތުގެ ނަމާދު މިވަގުތު ހުއްޓާލުމުގެ މާނައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގިނަ ދީނީ އިލްމުވެރިންން ދަނީ މިސްކިތްތައް ބަންދު ކުރުމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
އެ މައްސަލަ ފެންމަތިވެފައި މި ވަނީ ކޮވިޑް-19 ގެ ހާލަތު މާލޭ ސަރަހައްދުގައި ގޯސްވަމުން ދާތީ އިތުރަށް ކަން ކުރަންވީ ގޮތްތަކާ މެދު ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މަޝްވަރާތައް ކޮށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރުމަށް އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީގައި އެދުމުންނެވެ.
އަދި މި ހާލަތުގައި ކުރެވިދާނެ ބައެއް ކަންކަމުގެ ލަފާ ދީފައިވާއިރު، އޭގެ ތެރޭގައި ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށުމާއި ނަމާދުގައި ވީހާވެސް ކުރުކޮށް ކިޔަވައިގެން ނަމާދު ކުރުކޮށްކޮށްލުމަށް އެންގުމާއި ގިނަ ވަގުތު މިސްކިތުގައި ހޭދަނުކުރުމަށް އެންގުމާއި ބަލިމީހުންނާއި ބައްޔަށް ކިރިޔާވެސް ޝައްކު ކުރެވޭމީހުން މިސްކިތައް ނައުމަށް ބާރުއެޅުމަށެވެ.
ތީރޭވިގެން މަކަރާ ހިޅަތުން ކުރަން އުޅޭ ކަމެއް ..ފުރަތަމަ އެއަރޕޯޓް ވަގުތުން ބަންދުކުރޭ ރިސޯޓްތައްވެސް ބަންދުކުރޭ. ތިއުޅެނީ ރަމަޒާން މަހައްދިމާކޮއް ތިކުޅިކުޅެންދޯ..