ރާއްޖެ އަށް 160 އަށް ވުރެ ގިނަ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ ކެންޑިޑޭޓުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ބ.ހިތާދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުން ހުށަހެޅި ކަންކަމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ ނޭޕާލާއި ސްރީލަންކާ އިން 163 ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކަމަށާއި އެ ޑޮކްޓަރުންތައް ޖޫން މަސް ނިމުމުގެ ކުރިން އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދަނީ ނޭޕާލް އާއި ސްރީލަންކާ އިން 163 ޑޮކްޓަރުން ގެންނަން، ޖޫން މަހުގެ ނިޔަލަށް މި ޑޮކްޓަރުން މާލެ އައުމުގެ މަސައްކަތް ފެށިގެންދާނެ.
ރައީސް

ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރެވެމުންދާއިރު، ކޮވިޑް ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން މަދުވެ އެކަމުގެ ޝަކުވާ ބޮޑުވިއެވެ.