ކޮވިޑް-19 ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި އަދަދު 62 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 62 އަހަރު މީހަކު ރޭ ފަތިހު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ރޭ 5:06 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިއީ މި މަހު މި ބަލީގައި މަރުވި 10 ވަނަ މީހާއެވެ.ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 55 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ.ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން ވެސް ވަނީ 2 މީހަކު މަރުވެފައެވެ. އެއީ އުމުރުން 93 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުންނަ ނަކީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.ކޮވިޑް ޖެހިގެން މަރުވި 62 މަރުވެފައި ވާއިރު އޭގެ ތެރެއިން 7 މީހަކު މަރުވެފައި ވަނީ ކޮވިޑް މަރު ނޫން ގޮތުގައި އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ހަމައެއާއެކު މި މަހުގެ ތެރޭގައި ދުބާއީގައި ހުއްޓާ ކޮވިޑް ޖެހިގެން ދިވެއްސަކު ވެސް ވަނީ މަރުވެފައެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.