ދިހަ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް ގާއިިމްކުރަން ނިންމައިފިއެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އާއި ކައުންސިލްތަކާ ދެމެދު ވަނީ އެ ކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމް ކުރަން ނިންމާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރ، ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ، އަދި ގދ. ތިނަދޫއެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ބަޖެޓުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއަށް 9.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން ކައުންސިލްތަކަށް ފަންނީ ލަފާ ދޭން އެންވަޔަަރަމަންޓް މިނިސްޓްރީ ވަނީ އެއްބަސްވެފައެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރާނީ ކައުންސިލްގެ ފަރާތުން ކަމަށެވެ.