އަނަންތަރާ ކިހާވަށް ރިސޯޓުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަމަށާއި މިހާރު ފެނިފައިވާ ކޭސްތަކުގެ އަދަދު 62 އަށް އަރާފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އަނަންރަތާ ރިސޯޓުން ކުރިން ފެނުނު ކޭސްތަކަކާ ގުޅިގެން އެ ރިސޯޓުން ނެގި ރެންޑަމް ސާމްޕަލްގެ ނަތީޖާތައް ލިބުނު އިރު އިއްޔެ އިތުރު 8 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދިމިހާރު ޕޮޒިޓިވް ވެފައި ވާ މީހުންގެ އަދަދު 62 އަށް އަރާފައިވާ ކަަމަށެވެ.

އިއްޔެ 8 މީހަކު ޕޮޒިޓިވް ވެފައިވާ އިރު މި މަހުގެ 28 ގައި ވަނީ އެކަކު ޕޮޒިޓިވް ވެފައެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު އެ ރިސޯޓުން 13 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އަނަންތަރާ ކިހާވަށް ރިސޯޓުން މިހާރު ކޮވިޑް 62 ކޭސް ފެނިފައިވާ އިރު، އޮބްލޫ ސަންގެލި ރިސޯޓުން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 93 އަށް އަރާފައެވެ. ހަމައެއާއެކު އެނބޫދޫ ރިސޯޓުން ވަނީ 9 މީހަކު ޕޮޒިޓިވް ވެފައެވެ.