ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތހާބާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ގަވައިދާއި، އިންތިހާބާ ގުޅިގެން ހަދާފައިވާ ގަވައިދުތަކާއި ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އަދި އިންތިހާބާއި ގުޅޭގޮތުން ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަން ވާނީ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެއެވެ.. އެ ފޯމް ކޮމިޝަންގެ ވެބްސައިޓުން ލިބޭނެއެވެ. ފޯމު އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.