ޏ. ފުވައްމުލަކުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވި މީހެއް ކަމަށެވެ.

އެ މީހެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނުމާ ގުޅިގެން، އިއްޔެ ނެގި ސާމްޕަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ރަށު ހޮސްޕިޓަލުންވެސް ވަނީ ބުނެފައެވެ.

ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ކޮވިޑް-19އިގެ ރޯގާއިން ރައްކާތެރި ވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެވުމަށާއި ގައިދުރުކަން ބަހައްޓުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެެވެ.

އަދި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވެ، އާއްމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ހޮސްޕިޓަލުން އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުން ފްލޫ ކްލިނިކަށް ދެއްކުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.