ސަފާރީއެއްގައި ރޯވެ ކަނޑު މެދަށް އަޑިއަށް ހިނގައްޖެއެވެ. 6 މީހުންނާ އެކު ދަތުރު ކުރި އެ ސަފާރީގައި ތިބި 6 މީހުން ސަފާރީގެ ޑައިވިން ދޯންޏަށް އަރާފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ސަފާރީއަކީ 6 މީހުންނާއެކު މާލެއިން ފުރައިގެން ހދ ހަނިމާދުއަށް ދަތުރު ކުރި "ނޯޓިލަސް 1" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ.

ސަފާރީގައި ރޯވެ އަޑިއަށް ދިޔައީ ކ. ކާށިދޫގެ 13 ނޯޓިކަލް މޭލު ހުޅަނގުގައި އޮއްވާ ކަނޑު މެދަށެވެ.

ސަފާރީގައި ރޯވުމާއެކު އޭގައި ތިބި 5 ދިވެހިންނާއި ބިދޭސީއަކު، އެރީ އެ ސަފާރީގެ ޑައިވިން ދޯނި "އަރާކުރި" އަށް ކަމަށް އެމްއެމްޑީއެފުން ވަނީ ބުނެފައެވެ.

މިހާރު އެ 6 މީހުންނާއެކު ޑައިވިން ދޯނި ބ. ދަރަވަންދުއަށް ދަތުރު ކުރަމުން ދާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރޭ ދަންވަރު 3:39 ހާ އިރު ހިނގި އެ ހާދިސާގައި ރޯވި ސަފާރީ އަޑިއަށް ދިޔައީ ހެނދުނު 6:44 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.