ހަފްތާގެ ތިން ދުވަހު، ލޮނުޒިޔާރަތް ޕާކުގައި ޔޯގާ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އިންޑިއަން ކަލްޗުރަލް ސެންޓަރާއި އެ ކައުންސިލާ ގުޅިގެން އެ ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ހުކުރު، ހޯމަ އަދި ބުދަ ދުވަހެއްގައި ކަމަށެވެ.

އެ ސެޝަން ކުރިއަށްދާނީ ހެނދުނު 06:00 އިން 07:00 އަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ހަފްތާގެ 3 ދުވަހު، ލޮނުޒިޔާރަތް ޕާކުގައި ކުރިއަށް ގެންދާ ޔޯގާ ސެޝަންތަކުގެ ތެރެއިން / ފޮޓޯ: ސިޓީ ކައުންސިލް

އިއްޔެ އެ ސެޝަންތައް ފަށާފައި ވާއިރު ކޮންމެ މީހަކަށް ހިލޭ އެ ސެޝްނަތަކުގައި ބައިވެރިވެވޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކޮވިޑް-19އާ ގުޅިގެން އަލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދާ އެ ސެޝަންތަކުގައި ބައިވެރިވާން ބޭނުން މީހުން، އަމިއްލަ ޔޯގާ މެޓާއި ފެންފުޅި ގެންދިއުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ޕްލާސްޓިކް ފުޅި ނުގެންދިއުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.