އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވައި ލައްވައިފިއެވެ.

ރައީސް ސޯލިހް މި ބޯޑު އެކުލަވައިލައްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، އެ އަތޮޅުގެ އެހެނިގެން ރަށްތަކުގެ ސިއްހީ މަރުކަޒުތައް ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދަވާފައިވާ ބޯޑެކެވެ.

ގަވަނިން ބޯޑުގެ ދަށުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން މީދޫ ސިއްހީ މަރުކަޒާއި، މަރަދޫ ސިއްހީ މަރުކަޒާއި، ފޭދޫ ސިއްހީ މަރުކަޒާއި، ހުޅުދޫ ސިއްހީ މަރުކަޒުގެ ހިންގުމުގެ ކަންކަން ބަލަހައްޓާނެއެވެ.

މި ބޯޑު އެކުލަވައިލައްވާފައި ވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ:

  • އަހްމަދު ޒާހިރު (މާހީ، ސ. ހިތަދޫ)
  • ޑރ. މުހައްމަދު ސޯލިހް (ކުއްޅަވައްގެ، ސ. ހުޅުދޫ)
  • ޑރ. އަލީ ނަޡީމް (މއ. އެލީޒިއަމް)
  • އާމިނަތު ޝާއިނާ އަބްދުﷲ (ގ. ޕޫލްކިނާރާ)
  • އާމިނަތު މުހައްމަދުދީދީ (ބަންޑާރަދަޑިގެ، ސ. މީދޫ)
  • ޒާހިދާ އިބްރާހީމް (އަސްރުމާގެ، މާދަޑު، ޏ. ފުވައްމުލައް)
  • އަބްދުﷲ ސޯދިގު (ކައުސަރު، ސ. ހިތަދޫ)

މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސް ސޯލިހް އައްޔަން ކުރައްވާފައި ވަނީ އަހްމަދު ޒާހިރެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވާނިން ބޯޑަށް އައްޔަން ކުރެއްވި ޑރ. މުހައްމަދު ސޯލިހަކީ އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވެސް މެއެވެ.