ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރެއް ހަމަޖައްސައިފިއެވެ.

ފުލުހުން ބުނީ ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައި ވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ކަމަށެވެ.

އަދި އެ އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲއެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބާއްވާ ބޮޑު އިންތިހާބަކަށް ވާއިރު، ކޮންމެ އިންތިހާބަކާ ގުޅިގެންވެސް ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އިންތިހާބަށް އަމާން އޮމަން މާހައުލެއް ގާއިމުކުރުމުގެ ގޮތުން އޮޕަރޭޝަން ކޮމާންޑަަރުން ކަނޑައަޅައި ދުރާލައި ތައްޔާރީތައް ވަމުންނެވެ.