ނިމިދިޔަ 2020 ވަނަ އަހަރު މޯލްޑިވްސް އިމިގްރޭޝަނުން 64،235 ވޯކް ވިސާ ދޫކޮށްފައި ވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު މުޅި ޖުމްލަ ދޫކޮށްފައި ވަނީ 71،777 ވިސާއެވެ. އޭގެ ތެރޭގައި ވޯކް ވިސާގެ ގޮތުގައި މާލެއަށް 63،081 ވިސާ އަދި އަތޮޅުތެރެއަށް 1،154 ވިސާއާއެކު ޖުމްލަ 64،235 ވޯކް ވިސާ ދޫކޮށްފައި ވެއެވެ.

މިދިޔަ އަހަރު ވޯކް ވިސާގެ އިތުރުން ބިޒްނަސް ވިސާގެ ގޮތުގައި 2587 ވިސާ، ސްޓޫޑެންޓް ވިސާގެ ގޮތުގައި 648 ވިސާ ދޫކޮށްފައި ވެއެވެ. އަދި ޑިޕެންޑެންޓް ވިސާގެ ގޮތުގައި 1909 ވިސާގެ އިތުރުން ހާއްސަ ވިސާގެ ގޮތުގައި 310 ވިސާ އަދި އިތުރު 1088 ވިސާ ދޫކޮށްފައި ވެއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް 2020 - ވިސާގެ ހިދުމަތް

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއިން ގިނަ ވިސާ ދޫކޮށްފައި ވަނީ ޖެނުއަރީ، ފެބްރުއަރީ އަދި މާޗް މަހުއެވެ.

މީގެ އިތުރުން، އިމިގްރޭޝަނުން ވަނީ އެ އިދާރާއިން ދީފައިވާ ޕާސްޕޯޓް ހިދުމަތުގެ ތަފާސް ހިސާބުތައް ވެސް އާންމުކޮށްފައެވެ. މި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ދޫކޮށްފައި ވަނީ ޖުމްލަ 13،662 ޕާސްޕޯޓެވެ. އެއީ ތިންވަނަ ފަރާތެއް މެދުވެރިވެގެން ހައްދާފައިވާ 2932 ޕާސްޕޯޓަކާއި އެމަޖެންސީކޮށް ވަގުތުން ހައްދާފައިވާ 94 ޕާސްޕޯޓެކެވެ. މީގެ ތެރޭގައި 39 ޕާސްޕޯޓް ކާޑު ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ އަހަރު މާލެއިން 9836 ޕާސްޕޯޓް ހައްދާފައިވާއިރު، ހިތަދޫއިން 339 ޕާސްޕޯޓް، ކުޅުދުއްފުށިން 218 ޕާސްޕޯޓްގެ އިތުރުން ފުވައްމުލަކުން 127 ޕާސްޕޯޓް އަދި ދިއްދޫން 116 ޕާސްޕޯޓް ވަނީ ހައްދާފައެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް 2020 - ޕާސްޕޯޓްގެ ހިދުމަތް

އެންމެ ގިނައިން ޕާސްޕޯޓްގެ ހިދުމަތް ދީފައި ވަނީ ޖެނުއަރީ މަހުއެވެ. އެއަށްފަހު ފެބްރުއަރީ އަދި މާޗް މަހުއެވެ.