ކެޕިޓޮލް ބިލްޑިންގްގައި ހިންގި ޖަރީމާތަކުގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށާ، ނަމަވެސް އެއީ، ނުރަނގަޅު މެސެޖެއްވެސް ދެނިވި ނިންމުމެއް ކަމަށް ޓްވިޓާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ޖެކް ޑޯސީ ވިދާޅުވެއްޖެއެވެ.

ކުރިމަތިލާން ޖެހުނީ އާދަޔާ ހިލާފު ހާލަތަކާ ކަމަށާ، މި ހާލަތުގެ ސަބަބުން އެންމެންގެ ސަމާލުކަންވެސް ހުއްޓާލަން ޖެހުނީ އާންމުންގެ ސަލާމަތާ ރައްކާތެރިކަމުގެ އިމަށް ކަމަށް ޑޯސީ ވިދާޅުވިއެވެ.

މިފަދަ ފިޔަވަޅުތަކުގެ ސަބަބަބުން މުޖުތަމައުގެ ވާހަކަތައް ބައިބައި ކުރުވާ ކަމަށާ، މިއީ އާންމުންގެ މެދުގައިވެސް ބައިބައިވުންތައް އުފައްދަނިވި ފިޔަވަޅުތަކެއް ކަމަށް ޑޯސީ ވިދާޅުވިއެވެ.

އަދި މި ނިންމުމުގެ ސަބަބުން މުސްތަގުބަލަށް އެ ތަސްވީރު ކޮށްދެވެނީ ނުރައްކާ މަންޒަރެއް ކަމަށްވެސް ޑޯސީ ވަނީ ވިދާޅުވެފައެވެ.

މި ކަމުން އަންގައިދެނީ އާންމު މަޝްވަރާއެއް ހިނގާ ތަނެއްގައި، އެންމެ މީހަކަށް ނުވަތަ އެންމެ ކުންފުންޏަކަށް އޮތް ބާރުކަމަށްވެސް، މި ކަމާ ގުޅިގެން ޓްވިޓާއަށް ދޫކޮށްލި ތްރެޑެއްގައި ޑޯސީ ވަނީ ފާހަގަ ކުރައްވާފައެވެ.

ޓްވިޓާއިން ޓްރަމްޕްގެ އަމިއްލަފުޅު އެކައުންޓް ސަސްޕެންޑް ކުރުމާއެކު، އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައި އޮންނަ ރަސްމީ އެކައުންޓުން ޓްވީޓްތަކެއް ކުރެއްވިއެވެ. ނަމަވެސް ޓްވިޓާގެ އުސޫލުތައް ބުނާ ގޮތުން، އެހެން އެކައުންޓެއް ބޭނުން ކޮށްގެން ޓްވީޓް ކުރުމަކީވެސް މަނާ ކަމަކަށް ވާއިރު، އެމެރިކާގެ ރައީސްކަމުގައި ހުންނަ ބޭފުޅަކަށް އޮންނަ ރަސްމީ އެކައުންޓުން ޓްރަމްޕް ކުރެއްވި ޓްވީޓްތައްވެސް ވަނީ ނަގާފައެވެ.

މި ފަހަކަށް އައިސް އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސޯޝަލް މީޑިއާ ކުންފުނިތަކުން ދަނީ، ދެވަނަ ފަހަރަށް މަގާމުން އަޒުލު ކޮށްފައިވާ ޓްރަމްޕާ ދެކޮލަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ފޭސްބުކްއާއި ޔޫޓިއުބްއިންވެސް ވަނީ ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑްކޮށްފައެވެ.

މިއީ ސޯޝަލް މީޑިއާ ކުންފުނިތަކުން މަޝްވަރާކޮށްގެން ނިންމި ނިންމުންތަކެއް ނޫން ކަމަށާ، ނަމަވެސް މިއީ ކުންފުނިތަކުގެ ނިންމުންތަކަށް އިތުރު ބާރެއްވެސް ދެނިވި ފިޔަވަޅުތަކެއް ކަމަށް ޑޯސީ ވަނީ ސިފަކުރައްވާފައެވެ.