އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް އިތުރު 2 ދުވަސް އިތުރުކޮށްފިއެވެ.

އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް އިތުރު 2 ދުވަސް އިތުރު ކުރުމަށް ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ބަންދު ދުވަސްތައް އިތުރު ކޮށްފައި ވާކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަނާމު އިބްރާހިމް ހޫދެވެ.

އަންނަ އަހަރަށް އިތުރު ކުރި ބަންދު ދުވަސްތަކަކީ ޖުލައި 18 ވަނަ ދުވަހާއި ޖުލައި 25 ވަނަ ދުވަހެވެ.

އަންނަ އަހަރުގެ ޖުލައި 18 އަދި 25 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ކަނޑައަޅާފައި ވާއިރު، ޖުލައި 18 ވަނަ ދުވަހާ ވިދިގެން އަންނަނީ އަރަފާތު ދުވަހެވެ. އެހެންކަމުން ޖުލައި 18 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައެޅުމުން އެ ހަފްތާ އެއްކޮށް ސަރުކާރު ބަންދު ވާނެއެވެ.

ޖުލައި 25 ވަނަ ދުވަހާ ވިދިގެން އަންނަނީ މިނިވަން ދުވަހެވެ. އެހެން ކަމުން އެ ދުވަސް ބަންދު ކޮށްފައި ވަނީ އެކަމުގެ މުނާސަބަތުގައި ކަމަށް ބެލެވެއެވެ. ޖުލައި 25 ވާ އާދިއްތަ ދުވަސް ބަންދު ކުރުމުން އެ ހަފްތާ އެއްކޮށް ސަރުކާރު ބަންދު ވާނެއެވެ.