ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އަވަށްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައްވެސް އަންދައިގެން ނައްތާލަމުން ދިޔަ ދިއުމާ ގުޅިގެން، އިސްލާމީ އުސޫލުތަކަށް އިހުތިރާމް ކުރުމަށް، މުސްލިމު ގައުމުތަކުގެ ގުޅިފައިވާ އިއްތިހާ ނުވަތަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ގޮވާލައިފިއެވެ.

ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުތައްވެސް އަންދަން މަޖުބޫރު ކުރި ކަމަށް ބުނެ ދައުރުވާ ރިޕޯޓްތަކާ ގުޅިގެން އޯއައިސީގެ ޖެނެރަލް ސެކްރެޓާރިއަޓުން އާންމު ކުރި ބަޔާނުގައި، މި އަމަލަކީ، އޯއިސީއިން ދެކޮޅު އަމަލެއް ކަން ވަނީ ފާހަގަކޮށްފައެވެ. އެހެނީ، މިއީ އިސްލާމީ ޖަނާޒާގެ ރޫހާ ހިލާފު ކަމަކަށް ވަތީ ކަންވެސް އޯއައިސީއިން ބުނެއެވެ.

އޯއައިސީއިންވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް، މައްޔިތާ ވަޅުލައިގެން ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް އިހުތިރާމް ކުރުމަށް ސްރީލަންކާއަށް ގޮވާލާފައެވެ.

އޯއައިސީއިން މިފަދަ ގޮތަކަށް ބާޔަން އާންމު ކޮށްފައި ވާއިރު، ސްރީލަންކާއިން ވަނީ، ކޮވިޑްގައި މަރުވާ މުސްލިމުންގެ ގަބުރު އެންދުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.