މިއަދު ރާއްޖޭގައި 22 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ރަނގަޅުވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވް ވި 22 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 15 މީހަކާއި އަތޮޅު ތެރެއިން ރަށްރަށުން ޕޮޒިޓިވް ވި 4 މީހަކާއި ހިނގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 3 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،348އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 19 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،659 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 634 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 61 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑް ބަލީގައި 69 އަހަރުގެ ދިވެއްސެއް ނިޔާވެފައި ވާއިރު މި ބަލީގައި ނިޔާވި މީހުންގެ އަދަދު 48 އަށް އަރާފައެވެ. އެއީ 41 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 48 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.