ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ދެ އަހަރަށް ފަސްކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަރަންޏާ ގުޅޭގޮތުން، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ދެއްވާ އިސްކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި ރާއްޖެއާއި ޗައިނާއާ އޮތް ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ. ނަމަވެސް ދަރަނީގެ މައްސަލައިގައި އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް މި މައްސަލަ އަށް ހައްލެއް ގެންނަން މަސައްކަތް ކުރެއްވުމަށް ނަޝީދު ވަނީ ޗައިނާ ސަފީރަށް ގޮވާލައްވާފައެވެ.
ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، ކޮވިޑް ބަލިމަޑުކަމަށް ފަހު ރާއްޖެއަށް ނޭވާލާނެ ފުރުސަތު ނުލިބޭ ކަމަށާއި ރާއްޖެއަށް 15 ދުވަހުން ލިބޭ އާމްދަނީގެ 50 ޕަސެންޓް ޗައިނާ ބޭންކުތަކަށް ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓަކަށް ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޒޯންގެ ރައްދު ދެއްވާ ވިދާޅުވީ މިއީ އުފާކުރަން ވީ ވަގުތެއް ކަމަށާއި ޗައިނާ ސަފީރު ދެއްވަނީ ރަނގަޅު ހަބަރެއް ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ، ޗައިނާ ބޭންކު ތަކުން ދޭ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާ 15 މިލިއަން ޑޮލަރުގެ ފައިސާގެ މުއާމަލާތެއް ނެތް ކަމަށެވެ. އެހެން ކަމުން އެކައުންޓްގެ ތަފްސީލް ބެއްލެވުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ބަޖެޓަށް އެ ފައިސާ ރައްކާ ކުރެެއްވުމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަޒާނާއިން 14 ދުވަހުގެ މުއްދަތެއްގައި ޗައިނާގެ ބޭންކަށް 15 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެ ބޭންކުތަކުން އެއްވެސް ލުއިތަކެއް މިހާތަނަށް ދީފައި ނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
މީގެ ކުރިންވެސް ނަޝީދު ވަނީ ޗައިނާއަށް ދައްކަން ޖެހޭ ލޯންތަކަކާ ގުލީގެން އެ ސަރުކާރަށާއި ބޭންކްތަކަށް ފާޑު ވިދާޅުވެފައެވެ.
އެ ގޮތުން އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 ޕަސެންޓް ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށާއި، އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު ބައި ދާނީ ޗައިނާ ދަރަނި ދައްކަން ކަމަށެވެ. ނަމަވެސް މާމަގެ ފައްޓަރުބައި ވިއްކައިގެން ވެސް އެ ދަރަނި ދެއްކުމުގެ ގާބިލްކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހެން ނަޝީދު ވިދާޅުވެފައި ވާއިރު ޗައިނާގެ ބައެއް ބޭންކުތަކުން ލުއިތަކެއް ވަނީ ދީފައެވެ. އަދި އެކަމާ ގުޅިގެން ޗައިނާގެ ސަފީރު ވިދާޅުވެފައި ވަނީ ފައްޓަރުބަޔަކީ އަގުހުރި އެއްޗަކަށް ވިއަސް މުހިއްމީ އެކުވެރިކަން ކަމަށާއި ރަހުމަތްތެރި ކަމަކީ އަގު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
މުޅިއޮޑީގަހަސަނުގެ ދެފައި
ބޯ ސަކަރާތް ގނޖގެ އަނގަޔާހެދި އިބޫ އެއުޅެނީ ސަލާމަތް ނުވެގެން.
މިގައުމު މިއީ ނަޝީދު ހިންގާ ކޮންޕެނީއެއް އެބަހީވޭ