ޗައިނާއަށް ދައްކަން ޖެހޭ ލޯންތަކާ ގުޅިގެން އަނެއްކާވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޒޯންގެ ރައްދު ދެއްވައިފިއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކޮވިޑް ބަލިމަޑުކަމަށް ފަހުން ރާއްޖެއަށް ނޭވާލާނެ ފުރުސަތު ނުލިބޭ ކަމަށާއި ރާއްޖެއަށް 15 ދުވަހުން ލިބޭ އާމްދަނީގެ 50 ޕަސެންޓް ޗައިނާ ބޭންކުތަކަށް ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޗައިނާ ސަފީރު ވިދާޅުވީ، މިއީ އުފާކުރަން ވީ ވަގުތެއް ކަމަށާއި ޗައިނާ ސަފީރު ދެއްވަނީ ރަނގަޅު ހަބަރެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ޗައިނާ ބޭންކުތަކުން ދޭ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާ 15 މިލިއަންގެ ޑޮލަރުގެ ފައިސާގެ މުއާމަލާތެއް ނެތް ކަމަށެވެ. އެހެންކަމުން އެކައުންޓްގެ ތަފްސީލް ބެއްލެވުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ބަޖެޓަށް އެ ފައިސާ ރައްކާ ކުރެެއްވުމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަޒާނާއިން 14 ދުވަހުގެ މުއްދަތެއްގައި ޗައިނާގެ ބޭންކަށް 15 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެ ބޭންކުތަކުން އެއްވެސް ލުއިތަކެއް މިހާތަނަށް ދީފައި ނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ޗައިނާއަށް ދައްކަން ޖެހޭ އެ އަދަދަކީ މިހާރު ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން 15 ދުވަހު ލިބޭ އާމަދަނީގެ 50 ޕަސެންތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމަށް ފަހު ނޭވާލާނެ ފުރުސަތެއް ބޭނުންވާ ކަަމށް ނަޝިދު ވިދާޅުވެފައި ވެއެވެ.
މީގެ ކުރިންވެސް ނަޝީދު ވަނީ ޗައިނާއަށް ދައްކަން ޖެހޭ ލޯންތަކަކާ ގުލީގެން އެ ސަރުކާރަށާއި ބޭންކްތަކަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 ޕަސެންޓް ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށާއި، އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު ބައި ދާނީ ޗައިނާ ދަރަނި ދައްކަން ކަމަށެވެ. ނަމަވެސް މާމަގެ ފައްޓަރުބައި ވިއްކައިގެން ވެސް އެ ދަރަނި ދެއްކުމުގެ ގާބިލްކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހެން ނަޝީދު ވިދާޅުވެފައިވާއިރު ޗައިނާގެ ބައެއް ބޭންކުތަކުން ލުއިތަކެއް ވަނީ ދީފައެވެ. އަދި އެކަމާ ގުޅިގެން ޗައިނާގެ ސަފީރު ވިދާޅުވެފައި ވަނީ ފައްޓަރުބަޔަކީ އަގުހުރި އެއްޗަކަށް ވިއަސް މުހިއްމީ އެކުވެރިކަން ކަމަށާއި ރަހުމަތްތެރިކަމަކީ އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
ކެނެރީގެ ތެޔޮބިޑި ވަރުގެ ހަޔާތްކުޑަ އެއްޗެއް ނުދެކެން