އިންޑިޔާގެ އެހީއާއެކު ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އިންޑިޔާގެ އެހީތެރިކަމާއެކު ރީޖަނަލް އެއާޕޯޓްތަކަށް ބޭނުންވާ ފަޔާ ފައިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ އެއާޕޯޓުތަކެއް ހުރިއިރު މިދިޔަ މަހުގެ ތެރޭގައި ވަނީ ހއ. ހޯރަފުށީގައި ތަރައްގީ ކުރި އެއާޕޯޓު ހުޅުވާފައެވެ.

އިންޑިޔާގެ އެހީގައި އެއާޕޯޓުތަކަށް ފަޔާ ފައިޓަރުން ތަމްރީނު ކުރަން ފެށި ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މީގެ އިތުރުން އަންނަ އަހަރަށް އެއާޕޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރައްތަކުގެ ތެރޭގައި ށ. ބިލެތްފައްސާއި މ.މުލި ހިމެނެއެވެ. އަދި ބ.ތުޅާދޫގައި ވެސް އެއާޕޯޓު އެޅުމަށް ވަނީ ރާވާފައެވެ.

މީގެއިތުރުން އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓު ވެސް ހުޅުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.