ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ފަސް މެންބަރުން އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނު ކުރައްވާފައި ވަނީ އއ. މަތިވެރި ވެސްޓްބީޗު މުހްއްމަދު މުނައްވަރު އަލީއާއި، ގ.ގޮފި ފާތިމަތު މިންހަތު އިއްޒަތާއި، މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި، މއ. ވިލާރޮދި އިސްމާއީލް ސާޖިދާއި، ދަފްތަރު ނަންބަރު ރސ 7883 އަހްމަދު އަޝްރަފް ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސްގެ އޮފީހުން ހުޅުވައިލައްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ.

އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަގާމުގެ މުއްދަތު 2020 ނޮވެންބަރު 28 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ރައީސް ޓެކްސް އެޕީލް ޓައިބިއުނަލްއަށް އެ ފަސް މެންބަރުން އައްޔަނު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ފަސް ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.