ހއ.އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑް ކުރުމަކީ މި ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ރަޝީދު ސަސްޕެންޑް ކުރުމަކީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް އިދިކޮޅު ކޯލިޝަނުން އަތޮޅު ތެރޭގެ ކައުންސިލް ތަކަށް ވާދަ ކުރަން ނިކުންނަ ފަރާތްތަކަށް ބިރުދެއްކުމަށް ސަރުކާރުން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައެވެ.
ރަޝީދަކީ ނަމޫނާ ހިންގުން ތެރި ކައުންސިލަރެއް ކަމަށާއި އިދިކޮޅު ކޯލިޝަން ޕާޓީ، ޕީޕީއެމް އާއި ޕީއެންސީ އޮތީ ރަޝީދާ އެއްކޮޅަށް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން ޝުޖާއު ވިދާޅުވީ މިހާރު ފެނިގެން ދަނީ "ނާގާބިލް" ސަރުކާރަކުން ގޯސް ހަދާ ތަން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝީދު ސަސްޕެންޑް ކޮށްފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއްގެ ސަބަބުންނެވެ.
އެގޮތުން އޭނާގެ މައްޗަށް 11 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އުތީމު ކޭބަލް ޓީވީ ހިދުމަތުގެ އެއްބަސްވުމަކާއި ގުޅޭގޮތުންވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ފެންމަތިވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިމީހުންގެ ވެރިކަމުގައި ސަސްޕެންޑް ކުރި ކައުންސިލަރުންގެ އަދަދުވެސް ނޭނގޭ. އެކަމަކު އެހެން ބަޔަކު ކައުންސިލަރަކު ސަސްޕެންޑް ކުރާއިރަށް އަނގަ ފުޅާ ކޮށްފައި ބަސްބުނަން ލަދުވެސް ނުގަންނަކަން ދޯ
ޥަގުންނަށްރަގަޅުވާނީ ވަގުން.