ފައިތުވި 12 އަހަރު ތެރޭ މޯލްޑިވްސް އިމިގްރޭޝަނުން ޝާއިއުކުރި ފުރަތަމަ އެސްއޭޕީ މިއަދު އެކުލަވާލައިފިއެވެ.
އިމިގްރޭޝަނުން 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް އެކުލަވާލި އެސްއޭޕީ މިއަދު ތައާރަފް ކޮށްފައި ވަނީ މިކަމަށްޓަކައި މިއަދު އިމިގްރޭޝަނުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެސްއޭޕީގެ މަގްސަދަކީ ދުރުު ރާސްތާ އަމާޒަށް ވާސިލުވުމަށްޓަކައި ހިކުމަތްތެރިކަމާއެކި މަސައްކަތްތަތއް ރާވާ، އިމިގްރޭޝަނުގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.
މި އެސްއޭޕީގައި ވަނީ މައިގަނޑު 4 ދާއިރާއަކަށް އަލިއަޅުވާލާފައެވެ. އެއީ:
- އިމިގްރޭޝަނުގެ ހިދުމަތްތައް ލާމަރުކަޒީކޮށް، ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން
- އިމިގްރޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމުތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުން
- ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ފުރާ މީހުންނަށް ކްލިއަރެންސް ދިނުމުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުން
- ރާއްޖޭގެ މައިގެރޭޝަން ނިޒާމު އިތުރަށް ތަރައްގީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރުން
މި އެސްއޭޕީ ތައާރަފްކޮށްދީފައި ވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މުއައްސަސާތަކުން ސަރުކާރުގެ އެސްއޭޕީއާ އެއްގޮތަށް އެ މުއައްސަސާތަކުގެ އެސްއޭޕީތައް ތައާރަފްކޮށް އެ ޕްލޭނުގެ ދަށުން މަސައްކަތް ކުރަމުން ދަނީ މީގެ ކުރިން ކޮށްފައި ނުވާ މިންވަރަކަށް ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް މުހިންމު ވަނީ މިކަންކަމުގެ ސަބަބުން އެންމެން ވެސް ކުރިއަށް ދާންވީ މިސްރާބު ސާފިކޮށް އެނގެން އިތުމާއި އެ މިސްރާބުން ކައްސާލައިގެން ދާނަމަ އެކަން ފަސޭހައިން ދެނެގަނެވޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެސްއޭޕީ ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން ވިދާޅުވީ އިމިގްރޭޝަނުން ކުރާ މަސައްކަތަކީ އަބަދުވެސް ދުރާލާ ވިސްނާ ރާވައިގެން ކުރެވޭނެ ކަންކަމަށް ވުމަކީ މުއައްސަސާއަށް އަންނަ އިތުރު ހަރުދަނާ ކަމެއް ކަމަށެވެ.