ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކޮންމެ ރެއަކު ނެރޭ ތަފާސްހިސާބުތަކުން ދައްކާގޮތުން ރޭ 6:00 އިން މިރޭ 6:00 ގެ ނިޔަލަށް 27 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 27 މީހުންގެ ތެރޭގައި ހިމެނެނީ، 16 ދިވެހިންނާއި 11 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 9 މީހެކެވެ. މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،643 އަށް އަރާފައެވެ.

ޕޮޒިޓިވްވި ޖުމްލަ މީހުންގެ ތެރެއިން 10،779 މީހުން ރަނގަޅުވެފައިވާއިރު، މިއަދު މި ބަލިން ރަނގަޅުވީ 46 މީހެކެވެ. އަދި މި ބަލީގައި 37 މީހަކު ނިޔާވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި 7 މީހަކު ވެސް ވަނީ ނިޔާވެފައެވެ. އެ 7 މީހުންނަކީ ކޮވިޑްގައި ނިޔާވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 820 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 259 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. ދެން ޕޮޒިޓިވްވެފައި ތިބި މީހުން ތިބި ހޯމް ކަރަންޓީނުގައާއި، ށ އަތޮޅާއި ބ އަތޮޅުގެ ކޮވިޑް ފެސިލިޓީގައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައެވެ. އަދި 26 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 37 ފަތުރުވެރިންނާއި 82 ރިސޯޓް މުވައްޒަފުން އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.