ކޮވިޑް ބައްޔަށް ރާއްޖެއިން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން މިހާރު ވޯޑުގައި 41 މިީހަކަށް އަދި އައިސީޔޫގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ވޯޑުގައި 41 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ބަލި މީހަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޮޑުގައި ފަރުވާ ދެމުންދާ 38 މީހަކާއި ށ. އަތޮޅު ކޮވިޑް ފެސިލިތީގައި ފަރުވާ ދެމުންދާ ބަލި މީހެއްގެ އިތުުރުން ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ ބަލީ މީހެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު އައިސީޔޫގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށް ކަމަށާއި އެއީ ހުޅުމާލެ މެޑިކަލް ފެސިލިތީގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން ކޮވިޑް ޖެހިފައި ވަނީ 27 މީހަކަށެވެ. އެގޮތުން މިހާރު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،532 އަށް އަރާފައެވެ. މިހާރު އެކްޓީވް ކޭސްގެ ގޮތުގައި ތިބީ 925 މީހުންނެވެ.