ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހާ ގުޅިގެން ދިވެހި ޒުވާނުންނަށް، ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި ރައީސް ވިދާޅުވީ ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރެވޭނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކަމަށާއި މުސްތަގުބަލާ ގުޅޭ ކަންތަކުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު ހޯދުން މުހިއްމު ކަމަށެވެ.

އަދި ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު މުހިއްމު ކަމަށާއި ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް ސޯލިހް ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.