ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 22 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 37 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ، 17 ދިވެހިންނާއި 5 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 4 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،232 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 37 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،201 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 987 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 39 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 354 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެ ޖުމްލަ އަދަދު ވަނީ 37 އަށް އަރާފައެވެ. އޭގެ ތެރެއިން 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރުން ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.