ބޮޑު ކަންނެލި ގަންނަ އަގު ބޮޑު ކޮށްފިއެވެ.

ކަންނެލި ގަންނަ އަގު ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި އަގު ރަނގަޅުވީމާ ކަމަށް އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީލް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ބޮޑު ކަންނެލި ގަންނަ ކުންފުނި ތަކުން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަމުން އައީ 55 ރުފިޔާ އަށެވެ. އަދި މިހާރު އައި ބަދަލާއެކު ކަންނެލި ކިލޯއެއްގެ އަގު ވަނީ 70 ރުފިޔާއަށް މަތި ކޮށްފައެވެ.

ކަންނެލި ގަންނަ އެހެން ކުންފުނިތަކުގެ އަގުތައް ވެސް މިވަނީ ކިލޯއެއް 65 އަށް އަގު އުފުލާފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ އިގަތިސޯދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރަމުން ދާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބޮޑުބައެއް ހިއްސާކުރާ ބޮޑުކަންނެލި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުމާގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.