ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން މިއަދު އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ މިއަދު އިތުރު ދެ ފުލުހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި އިއްޔެ އިތުރު 2 ފުލުހަކާއި ބުދަ ދުވަހު ވެސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެއާއެކު އެ ކުޅުދުއްފުށީ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

މީގެ ތެރޭގައި ހއ. ދިއްދޫއިން ޕޮޒިޓިވްވި 4 މީހަކާއި ށ. ފޯކައިދޫއިން ޕޮޒިޓިވްވި މީހެއް ހިމެނެއެވެ.

ކުޅުދުއްފުށީ ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އަލާމަތްތައް ފެންނަ މީހުން ޓެސްޓް ކުރަމުންދާ ކަމަށްވެސް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.

މިކްލަސްޓާއިން ޕޮޒިޓިވް ވެފައިވާ ފުލުހުންނަކީ މާލެއިންނާއި ބައެއް ރަށްރަށުގެ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ބައިވެރިވި ބައެއް ފުލުހުންތަކެކެވެ.

އެ ޕޮޒިޓިވް ކޭސްއާ ގުޅިގެން އުތުރުގެ 3 އަތޮޅަކުން 6 ރަަށެއް މޮނިޓަރިންއަށް ލިއެވެ. އޭގެ ތެރޭގައި ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ ހިމެނެއެވެ. ނަމަވެސް މިހާރު އެ ރަށްތައް ވަނީ މޮނިޓަރި އިން ނަގާފައެވެ.