ކޮވިޑް-19އަށް ޓެސްޓް ކުރާ ޓެސްޓް ކިޓްތަކުގެ ތެރެއިން މައްސަލަ ހުރި ޓެސްޓް ކިޓްގެ ބެޗެއް ފާހަގަ ވެފައި ވާ ކަމަށާއި އެ ބެޗްގައި 3000 ކިޓް ބާކީ އެބަ ހުރި ކަމަށް ޑރ. ފާތިމަތު ނަޒްލާ ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދަޅުވީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރާއްޖެ ގެނެސްފައިވާ ޓެސްޓް ކިޓްތަކުގެ ތެރެއިން 3000 ކިޓެއް ގުދަން ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ބައެއް ކިޓްތަކުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ.
އެގޮތުން ޓެސްޓް ކިޓްތަކެއްގައި މައްސަލަ ޖެހިގެން އެކަން ބަލަމުން އަންނަ ކަމަށާއި ކިޓްތަކެއްގައި މައްސަލަ ޖެހުނަސް، މައްސަލަ ޖެހުނު އެއްވެސް ކިޓަކުން ލިބުނު ނަތީޖާ ކޮވިޑްގެ ނަތީޖާގައި ހިމަނާފައި ނުވާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ، ނަޒްލާ ވިދާޅުވީ ގުދަން ކުރުމުގައި ރައްކާތެރި ކަމާއެކު ކުރުމަށް އިސްކަން ދެވިގެން ދާނެ ކަމަށާއި އެގޮތުން އެސްޓީއޯގެ ކޯލްޑް ސްޓޯރޭޖްގައި ބެހެއްޓުމަށް އެސްޓީއޯއާއެކު ވާހަކަ ދެކެވި އެއްބަސް ވެވިފައިވާ ކަމަށެވެ.
މިވަގުތު ރާއްޖޭގައި 20 ދުވަހަށް ބޭނުންވާ 40،000 ރިއެކްޝަން ހު ރިއިރު، އޭޑީބީ ޕްރޮޖެކްޓުން ލިބޭ 50،000 ރިއެކްޝަން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީނަވެސް މިހަދަނީ ހުސްދޮގު. ޓެސްޓްކިޓތަކުގައި އެއްވެސް މައްސަލައެއްނެތް. މީ އެޗްއޯއީސީގެ މީހުން އެކިތަންތަނުން ޓެސްޓްކިޓް ގަތުމަށްޓަކައި ރޭވިކަމެއް. ހަމަގަސްތުގައި މިތަކެތި ބޭނުންނުކުރެވޭނެގޮތަށް ގުދަންކުރީ.