ހދ. ކުޅުދުއްފުށިން ފެނުނު ކޮވިޑް ޕޮޒިޓިވް ކޭސްއާ ގުޅިގެން ޖުމްލަ 8 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުހަކާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންއިން ފާހަގަވި ޖުމްލަ 8 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހއ. ދިއްދޫއިން ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާ ނިންމާފައިވާ ކަމަށާއި ފާހަގަވި ފަރާތަތައް ކަރަންޓީން ކުރެވިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އަލާމަތްތައް ފެންނަ މީހުން ޓެސްޓް ކުރެވެމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ޕޮޒިޓިވް ކޭސްތަކަކީ މާލެއިންނާއި ބައެއް ރަށްރަށުގެ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަޜޭޝަނެއްގައި ބައިވެރިވި ބައެއް ފުލުހުން ކަމަށެވެ.

އެ ޕޮޒިޓިވް ކޭސްއާ ގުޅިގެން އުތުރުގެ 3 އަތޮޅަކުން 6 ރަަށެއް މޮނިޓަރިންއަށް ލިއެވެ. އޭގެ ތެރޭގައި ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ ހިމެނެއެވެ. ނަމަވެސް މިހާރު އެ ރަށްތައް ވަނީ މޮނިޓަރި އިން ނަގާފައެވެ.