މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރެކޯޑް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 36 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 36045050 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 7841220 ކޭސް އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދު 27149223 އަށް އަރާފައި ވާ އިރު ، ކޮވިޑް-19ގައި 1054607 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ގައުމުތައް:
- އެމެރިކާ: 7722476 ޖުމުލަ ކޭސް | 215822 މަރު
- އިންޑިއާ: 6757131 ޖުމުލަ ކޭސް | 104591 މަރު
- ބްރެޒިލް: 4970953 ޖުމުލަ ކޭސް | 147571 މަރު
- ރަޝިއާ: 1237504 ޖުމުލަ ކޭސް | 21663 މަރު
- ކޮލަމްބިއާ: 868808 ޖުމުލަ ކޭސް | 27017 މަރު
ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 36 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާ އިރު، މިއީ އެކި ޓެސްޓުތައް ހަދައިގެން މި ބައްޔަށް ޕޮޒިޓިވް ވި ކަން ކަށަވަރު ވެފައިވާ މީހުންނެވެ. ބަލި ޖެހިފައި ހުރިކަން ނޭނގިވެސް، ކޮވިޑް-19 ޖެހިފައި ތިބި ބަޔަކު އުޅޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އަންދާޒާތަކަށް ބަލާއިރު، ދުނިޔޭގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް މިހާރު މި ބަލި ޖެހިފައި ހުރުން އެކަށީގެންވެއެވެ. އެހެން ކަމުން، ކޮވިޑް-19 ޖެހިފައި ވާ ޕޭޝަންޓުންގެ ހަގީގީ އަދަދު 800 މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.