ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓްތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން ބުނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ، އަދި ތިލަފުށިން ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން ރޭގަނޑު 09:30 އަށް ކަމަށެވެ.

އޭގެ އިތުރުން ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00ން 11:00ށް އަދި 02:00 އަދި 09:30 އަށް ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ވެމްކޯ އިން ދެމުން ގެންދިޔަ ހިދުމަތްތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ވެމްކޯއިން ވަނީ ކުނި ބޭރަށް ނެރޭނެ ގޮތްތަކާއި، އެކަމުގައި އެންމެ ރައްކާތެރި ގޮތްތައް ވެސް ރައްޔިތުންނަށް ކިޔައިދީފައެވެ.

ވެމްކޯއިން ވަނީ ހިދުމަތް ހޯދާ ކަސްޓަމަރުން ބަދަލުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666 އަށް ގުޅުމުން ލިބޭނެ އެވެ.