ސިއްހީ ބޭނުމަށް" ކަމަށް ބުނެ ކެނަބިސް ވިޔަސް އަދި އެނޫން ޑްރަގްއެއް ވިއަސް ހުއްދަ ކުރުމަކީ ގައުމުގެ މުސްތަގުބަލަށް ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު އެހެން ވިދާޅުވެފައި ވަނީ ކެނަބިސް ހުއްދަ ކުރަން ޖެހޭ ކަމަށް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން މުއިއްޒު ކުރެއްވި ވިދާޅުވީ ސިއްހީ ކަންކަމަށޭ ކިޔާފައި ދޭ ހުއްދަ، ދުވަސްތަކަކަށް ފަހު ބަދަލުވާނީ އާންމު ހުއްދައަކަށް ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް ކަންކަން ވީގޮތް ކަން މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
އަލްހާން ކުރެއްވި ޓްވީޓެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ ވިދާޅުވީ ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާ މެދު ގާނޫނު ހަދާ މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
އަލްހާން އެހެން ވިދާޅުވެފައި ވަނީ ކެބަބިސްގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ ކަމަށް ބުނެ ވެބްސައިޓެއްގައި ޝާއިއު ކޮށްފައިވާ ލިޔުމަކާއެކުގައެވެ.